ދިލަގަދަ މަގުތަކެއްގައި އަހަރެމެން އުޅެބޮޑުވީ ކަންމަތީ ފިހާރަތަކުން ގަނެގެން އެޕޯލޯކަމުން ޑޮންޑޮން ބޮމުންނޭ. އޭރު ހުވަފެން ބެލީމޭ، ވަށައިގެން އަރަމުން ދިޔަ އިމާރާތްތަކުގެ އަޅި ފާރުތަކުގައި މި ހުވަފެންތަކުގެ މަންޒަރުތައް ކުރެހީމުއޭ. ވާންއޮތްތަނަށް އަހަރެމެން ގެންދާނީ މިހުވަފެންތައްކަން ގަބޫލުކުރީމޭ. އަހަރެމެން ދުނިޔެކުރެން އެދުނީ އުފަލަށޭ، އެލިބުމަށް އަމުރުކުރީމޭ.
*
އަހަރެމެން ކްލާސް ޕާޓީ ބޭއްވީމޭ، ހެސްކިޔާފަ ބޭއްވީއޭ. ބިޓުންނަށް ޓެގުކޮޅު ބަހައިގެން ގެނުވާ، ރަތްބޮކިދިއްލައިގެން ތިބެ ކޮންމެވެސް ގެއެއްގެ ކުޑަކޮޓަރިއެއްގައި ތުންފަތްތައް ފުފެންދެން ދޮންދީހެދީމޭ. ޕާޓީ ނިމިގެން، ގޮންޑިތައް ފުންޔަކަށް ޖަހައިގެން އުހުގައި އަހަރުމެންތިބީ ތަހުތުތަކެއްގައި ހެނޭ، އަހަރެމެންގެ މުޅިދުނިޔޭގައި ރަސްކަންކުރަނީ ހަމަ ހުދް އަހަރެމެނޭ.
*
ފޫހިފިލުވަން އަހަރެމެން ކުރިކަމެއް ކިޔައިދެންހޭ؟ މަގުމަތީ އުޅޭ މުޔައިން ގެޔައްވައްދާ އެމީހުންނަށް ހަޖޫޖަހާ ހެދީމޭ. އެމީހުން ކިޔައިދޭ ވާހަކަތައް އަޑުއަހާފައި މޫނުމައްޗައް ހުނީމުއޭ، އެމީހުންގެ ކުލަވަރު ހަމަޖެހުމުން، އޮޅުމަށް، އޮޅުމުން، ރުޅިއަށް ބަދަލުވާ ތަންބެލީމޭ. އެކަމަކު އެ މޮޔަ ތުންފަތްތައް ތެޅޭ ކޮންމެފަހަރަކު، އެކަޅިތައް އަވަރުވާ ކޮންމެ ހިންދެއްގައި ހާދަބޮޑަށޭ އަހަރެމެން ހުނީ، ހާދަ ބާރަށޭ، ހާދަ އިހާނެތިކޮށޭ.







